Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ޤަރުނެއް ކުރިން ޢުޘްމާނީ ސިފައިންގެ މީހަކު ރައްކާކުރަން ދިން ފައިސާތަކެއް ފަލަސްޠީނު އާއިލާއަކުން ރައްދުކޮށްފި

މީގެ ޤަރުނެއް ކުރިން ޢުޘްމާނީ ޚިލާފަތުގެ ސިފައިންގެ މީހަކު އެ އާއިލާއާ ރައްކާކުރަން ހަވާލުކުރި ނަޤުދު ފައިސާތަކެއް ފަލަސްޠީނުގެ އާއިލާއަކުން ތުރުކީ ސަރުކާރާ ހަވާލުކޮށްފިއެވެ.

އަލްޢަލޫލު ޢާއިލާއިން މި ފައިސާ ތުރުކީގެ ކޮނިސިއުލް ޖެނެރަލް އަޙްމަދު ރިޟާ ދެމިރޭރުއާ ހަވާލުކުރީ ހުޅަނގު އައްސޭރީގެ ނާބުލުސްގައި އެކަމަށް ޚާއްޞަކޮށް ބޭއްވި ހަފުލާއެއްގައެވެ.

އެ ޢާއިލާއިން ބުނެފައިވަނީ އެ ފައިސާ އެ ޢާއިލާއާ ހަވާލުކުރި ސިފައިންގެ މީހާ އެ ފައިސާ ދިނީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ކަމަށެވެ. އަދި އޭނާއަށް އަނބުރާ އާދެވިއްޖެނަމަ އެ ފައިސާ ގެންދާނެ ކަމަށްވެސް ބުނި ކަމުގައި އެ އާއިލާއިން މައުލޫމާތު ދިނެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމާގައި ޢުޘްމާނީ ދައުލަތުން މަދަދުވެރިވީ ހަނގުރާމައިން ބަލިވި ޖަމާޢަތަށެވެ. ނަތީޖާއެއްގެ ގޮތުން ޢުޘްމާނީ ދައުލަތުގެ ބާރުން ފަލަސްޠީނު ނެއްޓި ވީއްލިގެން ދިޔައެވެ.

އަލްޢަލޫލު ޢާއިލާއިންވަނީ އެ ފައިސާ ޖުމްލަ 106 އަހަރު އަމާނާތްތެރިކަމާއެކު ރައްކާތެރިކޮށް ބަލަހައްޓާފައެވެ.

ތުރުކީގެ ކޮންސިއުލޭޓު ޖެނެރަލް އެ އާއިލާއަށް ޝުކުރުއަދާކުރެއްވުމާއެކު ވިދާޅުވީ މީގެ 100 އަހަރު ކުރިން ފަލަސްޠީނާއި ތުރުކީ ވަކިކުރެވުނީ ހަމައެކަނި އިދާރީ ގޮތުން ކަމަށެވެ. ތުރުކީއާއި ފަލަސްޠީނުވަނީ ހިތުގެ ގުޅުމަކުން ލާމެހިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްޢަލޫލު އާއިލާއިން ބެލެހެއްޓި ފައިސާގެ ޖުމްލަ އަދަދަކީ 152 ޢުޘްމާނީ ލީރާއެވެ. އެއީ 30،000 ޑޮލަރާ އެއް މިންވަރުގެ އަދަދެކެވެ. ޢަލޫލު ޢާއިލާއިން މި ފައިސާ ބަހައްޓާފައިވަނީ އެ ޢާއިލާއިން ހިންގާ ކާރުޚާނާއެއްގައި ހުރި ޑިޕޮސިޓު ބޮކްސްއެއްގައެވެ.

ފުރަތަމަ ބޮޑު ހަނގުރާމާގައި އިނގިރޭސިން ފަލަސްޠީނު އިސްތިއުމާރުކުރަންދެން ފަލަސްޠީނަކީ ޢުޘްމާނީ ޚިލާފަތުގެ ބައެކެވެ.

މި ލިއުމާއި ގުޅޭ