އުމުރުން އެންމެ 11 އަހަރުގައި ގައުމީ ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާ ނިޒާމް ހާސިކޮށްފިއެވެ.
އުމުރުން 11 އަހަރުގެ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތްލީޓެކެވެ. ސިންގަލްސްގެ އިތުރުންވެސް އިތުރު ދެ ކެޓަގަރިއެއްގެ ޗެމްޕިއަންކަން ނަބާ ވަނީ ހާސިލްކޮށްފައެވެ.
މިގޮތުން ފައިނަލުގައި އައިޝަތު ޔުމުން ނިޔާޒު ބަލި ކުރުމަށްފަހުގައި އޯޕަން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދިއިރު ޖޫނިއާ ސިންގަލްސް ފައިނަލުގައި ނަބާ އާ ވާދަ ކުރީ ލުލުއާ ބިންތި ހަސަން އަރީފެވެ. އަދި ވިމެންސް ޑަބަލްސްގައި ނަބާ އާއި ޒައިނާ އަބްދުލް ރަޝީދު ޕެއާ ކާމިޔާބު ހޯދީ ފައިނަލުގައި އައިޝަތު އަލްޔާ އަޒީޒު އާއި އައިޝަތު ޔުމިން ނިޔާޒްގެ ޕެއާ ބަލި ކުރުމަށް ފަހުގައެވެ.
ފާހަގަ ކޮށްލެވޭގޮތުގައި ނަބާގެ ކުރިއެރުންތައް އަމިއްލަ އަށް ވަޒަންކުރެވި މީގެ ދެ އަހަރު ކުރިން، ދޮށީ އުމުރުފުރާގެ ކެޓަގަރީތަކުގައި ވާދަކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.