ކ.ގުރައިދޫގައި ކުޑަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.
މިއަދު ހިނގި މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 2 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ ކުއްޖާގެ ގެ ހުންނަނީ ރަށުގެ ގޮނޑުދޮށާއި ވަރަށް ކައިރީގައި ކަމަށާއި އެ ކުއްޖާއަށް ކާން ދިނުމަށްފަހު އެ ކުއްޖާގެ މަންމަ އެ ކުއްޖާ ބެހެއްޓުމަށްފަހު އިރުކޮޅަކުން ބެލި އިރު ފެންނަން ނެތް ކަމަށެވެ. އަދި ހޯދަމުން ދަނިކޮށް ފެނުނީ މޫދު ކައިރީ ނިޔާވެފައި އޮތްވާ ކަމަށެވެ.
ރާއްޖޭގެ ރަށްރަކުގައި މިފަދަ ގެނބުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.