Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑް-19: އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް-19 ޖެހިގެން އެ ބައްޔަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ކޮވިޑަށް ފަރުވާ ހޯދަނިކޮށް ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި މި ބަލީގައި ނިޔާވި 245 ވަނަ މީހާއެވެ. އަދި އައްޑޫގައި މި ބަލީގައި ނިޔާވި 10 ވަނަ މީހާއެވެ.

މިއީ މި މަހުގެ ތެރޭގައި މަރުވި ދެވަނަ މީހާއަށް ވީއިރު މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ ނިޔާވެފައެވެ. މިއަހަރުގެ މިހާތަނަށް ވަނި 196 މީހަކު ނިޔާވެފައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ 458 ދުވަސް ވަނީ ވެފައެވެ.

ފާހަގަ ކޮށްލެވޭގޮތުގައި ރާއްޖޭގައި މިހާރު ވަރަށް ބޮޑު ނިސްބަތެއް ވަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި ރާއްޖޭގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

މި ލިއުމާއި ގުޅޭ