Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފީއަލީ ދޯންޏަކުން 7 ކިލޯގެ ބަރުދަންހުރި މާވަހަރެއް ހޮވައިފި

ފ.ފީއައްޔާ ދޯންޏަކުން ބަރުދަނުގައި 7 ކިލޯހުރި މާވަހަރެއް ހޮވައިފިއެވެ.

މި މާވަހަރު ހޯދާފައިވަނީ ފީއައްޔަށް ނިސްބަތްވާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކުންނެވެ. "މަސްނާރު" ނަމަކަށް ކިޔާ މި ދޯނިން އެ މާވަހަރު ހޯދާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

މި ދޯނީގެ ފަޅުވެރިންގެ ފަރާތުން ވާހަކަދެއްކި ފަރާތަކާ ހަވާލާދީ ބައެއް މީޑިޔާއިން ރިޕޯޓުކުރި ގޮތުގައި މި މާހަވަރު ފެނުނީ އެ ދޯނީގެ ކައްޕިއަށެވެ. އެ މާހަވަރު ފެނުނީ ދ.ހުޅުދެލީ 6 މޭލު ބޭރުންނެވެ.

މި ދޯނިން މާވަހަރު ހޯދިއިރު އެ ދޯނީގައި 12 މީހުން ތިބި ކަމަށްވެސް ނޫސްތަކުން ރިޕޯޓުކުރެއެވެ.

މިހާތަނަށް ދެ ބަޔަކު އެ މާވަހަރު ގަންނަން ޝައުޤުވެރިވެގން އައިސްފައިވާ ކަމަށާއި، މާވަހަރު ފެނުނުއިރު ތިބި އެންމެންވެސް އެދެނީ ވީހާވެސް އަވަހަށް އެ މާވަހަރު ވިއްކައިލަން ކަމަށް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ