Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

އެސްޓީއޯގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް، ސާފު ފައިދާ 128 މިލިއަން ރުފިޔާ

ދައުލަތުގެ މައި ވިޔަފާރި ކުންފުނި ކަމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނަށް މި އަހަރުގެ ތިންވަނަ ކުއާޓާގައި ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ނިމުނު ކުއާޓާގައި ލިބުނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން ނިމުނު ކުއާޓާގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 301 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި އަހަރު އިތުރު އެހެން ވިޔަފާރިން އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 771.4 މިލިއަން ރުފިޔާއެވެ. އެއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީއަށްވުރެ 1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ވިޔަފާރީގެ ޚަރަދުތައް ކެނޑުމަށްފަހު ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 375 މިލިއަން ރުފިޔާއެވެ. އެއިން ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށްފަހު އެ ކުންފުންޏަށް 148 މިލިއަން ރުފިޔާ ލިބުނެވެ. އެސްޓީއޯއިން ވިޔަފާރީގެ ޓެކުހުގެ ގޮތުގައި ނިމުނު ކުއާޓާގައި ދައްކާފައިވަނީ 24 މިލިއަން ރުފިޔާއެވެ.

ކުންފުނީގެ ހިންގުމުގެ ޚަރަދުތަކާއި ލޯނުތައް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ކެނޑުމަށްފަހު ނިމުނު ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 128 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓާއަށްވުރެ 18 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

މި ލިއުމާއި ގުޅޭ