Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޕާޓީ

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްއެންޕީ މެންބަރުން ހިމަނައި ކޮމިޓީތަކަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮޓީތަކުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެންބަރުން ހިމަނައި ޕާޓީގެ ކޮމިޓީތަކުގެ އެކުލެވުމާއި ނިސްބަތްތަކަށް މިއަދު ބަދަލުގެނެސްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބަދަލުތައް އިއުލާނުކުރެއްވީ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއެވެ. އެމްއެންޕީ ރަޖިސްޓަރީވެ އެ ޕާޓީ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ދަފުތަރަށް އިތުރުކޮށްފައިވަނީ ނިމުނު ހަފުތާގައެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބަވަނީ އެ ޕާޓީގެ އިންތިޤާލީ ރައީސް އަދި ބާނީ ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ.

އެގޮތުން އެމްއެންޕީގެ މެންބަރުންގެ ތެރެއިން ނާޒިމް ހިމެނިވަޑައިގެންނެވީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ދައުލަތުގެ ވިޔަފާރި ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގައެވެ. އަދި މާލިއްޔަތު ކޮމިޓީއާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޢަބްދުﷲ ރިޔާޒެވެ. އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އުޝާމު ހިމެނިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްއެންޕީގެ މެންބަރުން ހިމެނުމުގެ އިތުރަށްވެސް ކޮމިޓީތަކަށް ބަދަލުތަކެއްވަނީ ގެނެސްފައެވެ. އެގޮތުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމުވަނީ ހިމަނާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެމްޑީޕީގެ އިތުރު މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިންވަނީ އިތުރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ