Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

ރިސޯޓު ތަރައްޤީކުރުމަށް އަންނަ އަހަރު 12 ރަށެއް ދޫކުރަނީ

އަންނަ އަހަރު ރިސޯޓު ތަރައްޤީކުރުމަށް އިތުރު 12 ރަށް ދޫކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އަންނަ އަހަރު 12 ރަށް ދޫކުރުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު މި އަހަރު 16 ރަށެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރަން ހުޅުވައިލިއެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ވިކިފައިވަނީ އެންމެ ރަށެކެވެ.

ޓުއަރިސްޓު ރިސޯޓު ތަރައްޤީކުރުމަށް ދޫކުރަން ހުޅުވައިލި 16 ރަށުގެ ތެރެއިން ވިކުނު ރަށް ބައްލަވައިގަތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ބުނެފައިވަނީ 12 ރަށެއް ތަރައްޤީކުރުމަށް ހުޅުވައިލާނެ ކަމަށެވެ. އަދި އެ ރަށްތަކުން އިކުއިޒިޝަން ކޯޓުގެ ގޮތުގައި 700،000 އެމެރިކާ ޑޮލަރާއި 1 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

ޖުމްލަ 2020 ވަނަ އަހަރުގައި ދައުލަތަށް ރިސޯޓު ތަރައްޤީކުރަން ރަށްތައް ދޫކޮށްގެން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 148 މިލިއަން ރުފިޔާއެވެ.

މިހާރުވެސް ސަރުކާރުންވަނީ 18 ރަށެއް ރިސޯޓު ތަރައްޤީކުރަން ދޫކުރަން އިއުލާނުކޮށްފައެވެ. އެ ރަށްތައް ކުއްޔަށް ދޫކުރަން އިއުލާނުކުރީ މިހާރު ދުބާއީގައި ކުރިއަށްދާ ވޯލްޑް އެކްސްޕޯގައެވެ. އޭގައި ހިމެނެނީ ފުރަތަމަ އިއުލާނުކުރި 16 ރަށުގެ ތެރޭގައި ހިމެނުނު ރަށްތަކާއި އަލަށް ވިއްކަން ބީލަމަށް ނެރުނު ރަށްތަކެވެ.

މި ލިއުމާއި ގުޅޭ