Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުﷲ ރިޔާޒް

އަޅުގަނޑުގެ ގެސްޓު ހައުސްގައި ރައީސް ޞާލިޙު ރޭކުރެއްވުމަކީ ވިޔަފާރިއަށް ލިބުނު ކުރިއެރުމެއް: ރިޔާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅުގައި ތިމަރަފުށީގައި ރޭކުރެއްވުމަށް އޭނާގެ ގެސްޓު ހައުސްގައި މަޑުކުރެއްވުމަކީ އެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެއް ކަމުގައި ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބުރައީސް އަދި ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް"އިން ގެނެސްދޭ ސުވާލަކަށްފަހު ސުވާލެއް ޕްރޮގުރާމުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީއާއި ރައީސް ޞާލިޙާ ދެމެދުގައި އޮންނަ ގުޅުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރިޔާޒު ވިދާޅުވީ ރައީސް ޞާލިޙާ އެ ޕާޓީއާ ދެމެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް ހެދުމުން ގުޅިފައިވާ ކޯލިޝަނުގެ މަޖިލިސް ގުރޫޕުގެ ލީޑަރަކަށް އެއިރުގެ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ހުންނެވީ ރައީސް ޞާލިޙު ކަމަށާއި، ގުޅިފައިވާ ޕާލިމަންޓަރީ ގުރޫޕުގެ ނައިބަކަށް ހުންނެވީ ރިޔާޒު ކަމަށްވުމުން އެ ގާތްކަން އަދި ރަހުމަތްތެރިކަން އެ ބޭފުޅުންގެ މެދުގައި އޮންނާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އަދި ތ.އަތޮޅަށް ރައީސް ޞާލިޙު ކުރެއްވި ދަތުރުފުޅުގައި އޭނާ ބައިވެރިކުރެއްވީ އޭނާއަކީ ސަރުކާރުގެ ތާއީދާއި އެހީތެރިކަން އޮވެގެން މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅަކަށްވާތީ ކަމަށާއި، އެގޮތުން އޭނާގެ ކެމްޕޭނުގައި ސަރުކާރުގެ ވަރަށް ގިނަ ވެރިން އެހީތެރިވެވަޑައިގެން ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އިތުރަށް ރިޔާޒު ވިދާޅުވީ އޭނާގެ ގެސްޓު ހައުސްގައި ރައީސް ޞާލިޙު މަޑުކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ރައީސް ގެސްޓުހައުސްގައި މަޑުކުރެއްވުމުގެ ސަބަބުން ވިޔަފާރިއަށްވެސް ކުރިއެރުން ލިބޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭނާގެ ގެސްޓު ހައުސްގައި ރައީސް ޞާލިޙު މަޑުކުރެއްވުމަކީ އެމްއެންޕީއާއި ރައީސް ޞާލިޙުގެ މެދުގައި ގުޅުމެއް އޮތުން ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ