Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮލަރުގެ އަގު

ޑޮލަރުގެ ކަޅު ބާޒާރު ހިންގަނީ ދިވެހިން އަޑީގައި ތިބެގެން ބިދޭސީން އިސް ސަފަށް ނެރެގެން: ފުލުހުން

ޑޮލަރުގެ ކަޅު ބާޒާރު ހިންގަނީ އެކަމުގައި ޝާމިލުވާ ދިވެހިން އަޑީގައި ތިބެގެން އިސް ސަފަށް ބިދޭސީން ނެރެގެން ކަމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "މިހާރު"އަށް ދެއްވި ބަސްދީގަތުމެއްގައި ލޫޠު ވިދާޅުވީ މިކަމުގައި އުޅެނީ މާ ގިނަ ބައެއް ނޫން ކަމަށެވެ. އެކަމުގައި ޝާމިލުވަނީ 5 ވަރަކަށް ޕާޓީ ކަމަށާއި އެ މީހުންގެ މަސައްކަތް ހުއްޓުވުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި މިކަމުގައި އުޅޭ ގިނަ ބިދޭސީންނަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށާއި، އެ މީހުންނަކީ ލޭބަރާއިން ގޮތުގައި މަސައްކަތްކުރުމަށް އައިސް އެކްސްޗޭންޖުތަކުގެ ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މަސައްކަތުގެ އަޑީގައި ތިބެނީ ދިވެހިން ކަމަށާއި، އެ މީހުން އިސްސަފަށް ބިދޭސީން ނެރެނީ ބިދޭސީ މަސައްކަތްތެރިންގެ އިތުބާރު ހޯދަން ފަސޭހަވަނީ އެ މީހުން ކުރީ ސަފަށް ނެރުމުން ކަމުގައިވާތީ ކަމަށް ލޫޠު ވިދާޅުވިއެވެ.

ލޫޠު ވިދާޅުވީ މި ވިޔަފާރީގައި އުޅޭ ބިދޭސީންގެ އެކައުންޓުތަކުގައިވެސް ގިނަ އަދަދަކަށް ފައިސާ ރޯލްވެފައި ހުންނަކަން ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން ބިދޭސީ ލޭބަރެއްގެ އެކައުންޓުން ދޮޅު އަހަރުގެ ތެރޭގައި 4 މިލިއަން ޑޮލަރު ރޯލުވެފައިހުރިކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ މައްސަލަތަކުގައި އެމީހުންނަށް މަނީ ލޯންޑަރިންގެ ދައުވާނުކުރެވެނީ އެ މީހުންގެ އެކައުންޓުތަކަށް ޖަމާވެފައިވާ ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާކަން ސާބިތުނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ލޫޠު ވިދާޅުވި ގޮތުގައި ގިނައިން އެ މީހުންގެ އެކައުންޓުތަކަށް ޖަމާކުރަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެންނަ ފައިސާ ކަމަށެވެ.

އެމީހުން މިފައިސާ ރާއްޖެއިން ބޭރުކުރަނީ ޓީޓީ ހަދައިގެން ކަމަށާއި، ޓީޓީ ހެދުމުގައިވެސް އެމްއެމްއޭއިން ކަނޑައަޅާފައިވާ ލިމިޓަށްވުރެ ދަށް އަދަދުތަކުން ފައިސާ ބޭރުކުރާކަން ފާހަގަކުރެއްވިފައިވާ ކަމަށް އިންސްޕެކްޓާ ލޫޠު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ