Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

މިސްކިތަށް ވަދެ ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި!

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިޔަ މީހާ އަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްސ ފަހުގައި އެމީހަ ބަންދުން ދޫކޮށްލާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަކޮށްފިއެވެ.

މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.

މި މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނި ނަމަވެސް އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ފުލުހުންގެ ފަރާތުން ވަނީ ބުނެފައެވެ. މިގޮތުން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިހާރު އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މީހާއަކީ ނުކުޅެދޭ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވެސް ވިދާޅުވީ ރައީސް އޮފީސް ކުރިމައްޗަށާއި އަދި އެހެން ތަންތަނަށް ކުޑަކަމުދިއުމާއި މި ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށެވެ

މި ލިއުމާއި ގުޅޭ