Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުﷲ ރިޔާޒް

އެމްއެންޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް އަބްދުﷲ ރިޔާޒު ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީގެ) ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ނައިބަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއެކު ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ރަސްމީކޮށް މިހާރު ވަނީ ހިމަނާފައެވެ. އެކަމާއި ގުޅިގެން އެޕާޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ، އެ އިއުލާނުގައި ބުނެފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ހަމަޖައްސާފައިވާ ކަމަށެވެ. މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރާ ތިން މެންބަރުން މިހާރު އެބަތިއްބެވެ. އެއީ ރިޔާޒާއި އުޝާމްގެ އިތުރުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއެވެ.

ފާޙަގަ ކޮށްލެވޭގޮތުގައި އެމްއެންޕީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފަައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ދަފުތަރުގައި ވެސް އެޕާޓީ ރަޖިސްޓްރީ ކުރެވުނު ވާހަކަ ހިއްސާ ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ