Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހއ.އުތީމު

ހއ.އުތީމުން އާސާރީ ވަޅެއް ފެނިއްޖެ

ހއ.އުތީމުގެ ހުޅަނގު ފަރާތު ތުނޑިން ގިނަ ދުވަސްވީ އާސާރީ ވަޅެއް މިއަދު ފެނިއްޖެއެވެ.

އެކަމާ ގުޅިގެން ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން އުތީމު ރަށު ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ މިއަދު ފެނުނު ވަޅަކީ އުތީމު ގަނޑުވަރަށް ވީހައި ދުވަސްވެފައިވާ ވަޅެއް ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެ ވަޅަށް 500 އެއްހައި އަހަރު ވެފައިވާނެ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި ވަޅު ފެނުނު ސަރަހައްދަކީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ތުއްޕުޅުއިރު ދޫނި ހިއްޕަވަން ވަޑައިގެންނެވި ކަމަށް ކިޔައިއުޅޭ ސަރަހައްދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ސަރަހައްދުން ވަޅު ފެނުނީ ތުނޑި ގިރައިގެން ދިއުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ވަޅު ހުރި ސަރަހައްދަށް އިތުރު ބަޔަކަށް ނުވަދެވޭނެ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި ވަޅަކީ ހިރިގަލުން ހަދާފައިހުރި ވަޅެކެވެ. އަދި އެ ވަޅަކީ ހަތަރެސްކަނަށް ހަދާފައިވާ ވަޅެކެވެ. އެ ވަޅު ފެނުނުކަން ހެރިޓޭޖު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި އެ މިނިސްޓްރީގެ ލަފާގެ މަތިން އެ ވަޅު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ