Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ކޯލްޑް ޗެއިން އިކުއިޕްމަންޓް ހަދިޔާކޮށްދީފި

ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލްކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ.

މިގޮތުން މިއަދު ޖަޕާންގެ އެހީގައި ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެއެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭގޮތުގައި މިއަދު ޙަވާލްކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ޞިއްޙީދާއިރާއަށް ލިބިގެންދާނެއެވެ. އަދި މިއަދުގެ ހަފްލާގައި ހެލްތް މިނިސްޓަރ ނަސީމް ވަނީ މިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ނަސީމްގެ ވާހަކަފުޅުގައި ވަނީ މިފަދަ ކޮންމެ ޙާލަތެއްގައި ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފައެވެ. މިނިސްޓަރ ނަސީމްގެ އިތުރުންވެސް މިނިސްޓްރީގެ ބައެއް އިސްވެރިން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިއުމާއި ގުޅޭ