Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ޤައުމީ ރޫހު އާލާ ކުރަން ހޯމް މިނިސްޓްރީން ޑްރާމާ ސީރީސްއެއް ހަދަނީ

ޤައުމީ ރޫހު އާލާ ކުރަން ހޯމް މިނިސްޓްރީ އިން ދިވެހި ޑްރާމާ ސީރީސްއެއް ހެދުމަށް ނިންމައިފއިެވެ.

އެ މިނިސްޓްރީން މިހާރު ވަނީ އެފަދަ ސީރީސްއެއްގެ ސްކްރީން ޕްލޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ދިވެހިންގެ މެދުގައި ޤައުމީ އަދި ވަތަނީ ރޫހު އާލާކޮށް ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރުން ހިމެނިފައިވާ ކަމަށާއި އެކަމަށް ސީރީސްއެއް އުފައްދަން ތައްޔާރުވެފައިވާކަމަށެވެ.

އަދި އެ ސީރީސްގައި 3 ސީޒަން އެކުލެވޭ އިރު ސީޒަނެއްގައި 50 މިނިޓުގެ 10 އެޕިސޯޑު ހިމެނޭނެ ކަމަށްވެއެވެ.

މި ސީރީސްގެ ވާހަކައާއި ސްކްރީން ޕްލޭ ތައްޔާރުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 8 ނޮވެމްބަރު 2021 ވާ ހޯމް ދުވަހުގެ ހެނދުނު 9:00 އަށް ހޯމް މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، 17 ނޮވެމްބަރު 2021 ވާ ބުދަ ދުވަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީގެ އިއުލާނުގައި އެދިފައިވެއެވެ.

މިފަދަ ޑްރާމާ ސީރީސްއެއް ހަދާއިރު، މި ދުވަސް ވަރަކީ މިއިން ޒަމާނަކުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އަސަރުކޮށްފައިވާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ