Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސާރުތައް

އޮލިމްޕަސް މަރާމާތުކޮށް ނިމުމުން ފަންނުވެރިންނަށް ފުރުސަތު ފަހިވާނެ: މިނިސްޓްރީ

އޮލިމްޕަސް މަރާމާތުކޮށް ނިމުމުން އެތަނުން ފަންނުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ އެތަން މަރާމާތުކޮށް ނިމި، އަލުން ބޭނުން ކުރަން ފެށުމުން އެ ތަނުން ފަންނުވެރިންނަށް ފައިސާ ހޯދުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަންނާނުންނަށް ވެސް ފުރުސަތު ހުޅުވާލާނަން. ފަންނުވެރިންނަށް ފައިސާ ހޯދަން މަގުތަކެއް ކޮށައިދިނުމަކީ އަޅުގަނޑުމެންގެ ބޭނުން. އާޓިސްޓުންނަށް އެފޯޑަބަލް ވަރަކަށް އަގުތައް ކަނޑައަޅާނީ،" އޮލިމްޕަސް މަރާމާތުކޮށް އަލުން ހުޅުވާއިރު އެ ތަނުގައި ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެކަން ފާހަގަ ކުރައްވާ އިކްރާމް ވިދާޅުވިއެވެ.

ތަނުގެ ސްޓްރަކްޗާއަށް މާ ބޮޑެތި ބަދަލުތަކެއް ނުގެންނާނެކަމަށާއި ނަމަވެސް އެ ތަން ތައްޔާރުކޮށްފައިވަނީ ހުރިހާ ބޭނުންތަކަކަށް ވެސް ބޭނުން ހިފޭ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. "ޓެކްނިކަލީ އެ ތަނުގައި ހުރި ފެސިލިޓީތައް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރެވިގެންދާނެ. ދެން އޭގެ ތެރޭގައި ޑިޖިޓަލް ސިނެމާ ޕްރޮޖެކްޝަން ލުމާއި ސިލްވާ ސްކްރީން ލުމާއި، ސަރައުންޑް ސައުންޑް އިންސްޓޯލްކޮށް ސްޓޭޖް ލައިޓް ވެސް ކުރިއަށް ދާނެ،" އޭނާ ފާޙަގަ ކުރެއްވިއެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އޮލިމްޕަހުގެ ހޯލަކީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރެވިފައިވާ ތަނެކެވެ. އެއާއެކު އެ ތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު އޮލިމްޕަހަށް ގެންނަންޖެހޭ ބަދަލުތައް އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަށްގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ