Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދުބާއީ ވޯލްޑް އެކްސްޕޯއަށް ރައީސް ޞާލިޙު ވަޑައިގެންފި

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްގެންދާ ވޯލްޑް އެކްސްޕޯ 2020 އަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ޒިޔާރަތްކުރައްވައިފިއެވެ.

ވޯލްޑް އެކްސްޕޯއަކީ ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުން ބައިވެރިވާ އެކްސްޕޯއެކެވެ. މިއަދަކީ ވޯލްޑް އެކްސްޕޯގައި ރާއްޖެއަށް ޚާއްޞަކުރާ ދުވަހެވެެ. މި އެކްސްޕޯއަކީ ކޮންމެ 5 އަހަރަކުން އެއް ފަހަރު ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ ފަތުރުވެރިކަމާ ގުޅިގެން ބާއްވާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ހަރަކާތެވެ.

މެދުއިރުމަތީގެ ޤައުމެއްގައި ފުރަތަމަ ފަހަރަށް ބާއްވާ މި އެކްސްޕޯގެ ޝިއާރަަކަށް ހަމަޖައްސާފައިވަނީ "ބުއްދިތައް ގުޅައިލުމާއި، މުސްތަޤުބަލު އުފެއްދުން" އެވެ.

މި އެކްސްޕޯގައި ރާއްޖެއިން ޤާއިމުކުރާ ޕެވިލިއަނުން ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ތާރީޚު ފެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެމިނިސްޓްރީން ބުނީ ރާއްޖޭގެ މަންޒަރުތަކާއި ދެމެހެއްޓެނެވި ތަރައްޤީއަށް އިސްކަންދިނުމަށް ރާއްޖެއިން ކުރާ މަސައްކަތް އެތަނުން ފެންނާނެ ކަމަށެވެ.

އަދި މި އެކްސްޕޯގައި ރާއްޖޭގައި ހުރި އިންވެސްޓުމެންޓުތަކުގެ ފުރުސަތު އިންވެސްޓަރުންނަށް ކިޔައިދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޞާލިޙު އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަތީ އިއްޔެއެވެ. އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހު ބުދަދުވަހު އެމަނިކުފާނު ވަޑައިގަންނަވާނީ ސްކޮޓްލޭންޑަށެވެެ.

މި ލިއުމާއި ގުޅޭ