Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު މާލޭގެ މަގުތަކަށް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު މާލޭގެ މަގުތަކަށް އެއްވެ މުޒާހަރާކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މި މުޒާހަރާ ފެށުނީ މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެއަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މާލޭ ބޮޑުތަކުރުފާނު މަގުންނާއި އަމީނީ މަގުން ހިނގާފައެވެ.

އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށާއި، އިންޑިއާ އާއި އެކު ވެފައިވާ އަޑި ނޭނގޭ އެއްބަސްވުންތައް ބާތިލު ކުރުމަށް ގޮވާލާފައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަކީ ޚާއިނުންގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ.

މިއީ ފަހުގެ ތާރީހެއްގައި މާލޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. މި މުޒާހަރާ ރޭވި ޑިފެންޑް މޯލްޑިވްސް މޫވްމެންޓްގެ ފަރާތުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ ހަރަކާތްތައް އޮންނާނެއެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން އެކަމުގައި ބައިވެރިވުމަށް ވަނީ ދައުވަތުދީފައެވެ.

މި ލިއުމާއި ގުޅޭ