Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅުގެ މުޒާހަރާ

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުން މިއަދު ހިނގާލުމެއް ބާއްވަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު މާލޭގައި މިނިވަން ކަމުގެ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި އެކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އާންމު މެމްބަރުންގެ އިތުރުން ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.

މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއްކަމަށާއި މިސަރުކާރުން ވެރިކަމާއި ހަވަލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ވެސް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

"މިނިވަން ޖައްވަކަށް ނޭވާ ނުލެވޭ ހިސާބަކަށް މިވެރިކަން އައިފަހުން ވަނީ ކަންކަން ގޮސްފަ. މިއަދު އަނެއްކާވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ މައި ދޮރޯށި ހޯދުމަށް ދިވެހިން ކުރި މަސައްކަތް އަލުން ކުރަންޖެހިފައިވާ ތަން. މިއަދު އަނެއްކާވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް އިވެމުންދަނީ. މިސަބަބުތަކަށްޓަކައި ދިވެހިން ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަންވީ." ޝިޔާމް ވިދާޅުވިއެވެ.

ހިނގާލުން ބާއްވާނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށާއި، މިއީ ސުލްހަވެރިކަމާއިއކު ބޭއްވޭ ހިނގާލުމެއްކަމަށް ވެސް މެންބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ. އިދިކޮޅު ކޯލިޝަނުން ގެންދަނީ ސަރުކާރުން ހިންގާ ތަފާތުއެކިއެކި ކަންކަމާއި ގުޅިގެންނާއި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހަރަކާތްތައް ބާއްވަމުންނެވެ.

މި ލިއުމާއި ގުޅޭ