Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

"ޓްރޫތު ސޯޝަލް"ގެ ނަމުގައި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕު މީސްމީޑިއާ މަންސައެއް ތައާރަފުކުރައްވަނީ

އަންނަ އަހަރު ކުރީ ކޮޅުގައި އާންމުންނަށް ޚިދުމަތް ދޭން ފަށާނެ މީސްމީޑިއާ މަންސައެއް ކަމުގައިވާ ޓްރޫތު ސޯޝަލް ތައާރަފުކުރައްވަން ރާއްވަވާފައިވާކަން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕު އިއުލާނުކުރައްވައިފިއެވެ.

މި އަހަރުގެ ކުރީކޮޅުގައި ފޭސްބުކާއި ޓުވިޓާއިން ބޭރުކޮށްފައިވާ ޓުރަމްޕ ވިދާޅުވީ އޭނާއަށް ފުރުޞަތު ނުދީ އެ ކުންފުނިތަކުގެ މަންސަތަކުން އޭނާ ބޭރުކޮށްފައިވާ މީސްމީޑިއާ ކުންފުނިތަކާ ވާދަކުރާނެ މަންސައެއް ޤާއިމުކުރެއްވުމަކީ އޭނާގެ އަމާޒު ކަމަށެވެ.

ޓުރަމްޕު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓުރޫތު ސޯޝަލްގައި އޭނާގެ ވިސްނުންތައް ހިއްސާކުރައްވައި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވުމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ.

ޓުރަމްޕުގެ ބަޔާނުގައި ވިދާޅުވީ ފުރަތަމަ އެ މަންސަ އިފުތިތާހުކުރާއިރު އެ މަންސަ ބޭނުންކުރެވޭނީ ހަމައެކަނި އެކަމަށް ދައުވަތު ދޭ ފަރާތްތަކަށް ކަމަށެވެ. އާންމުންނަށް އެ މަންސަ ހުޅުވައިލަން ގަސްތުކޮށްފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅުގައެވެ.

މި މަންސަ ޤާއިމުކޮށްފައިވަނީ ޑިޖިޓަލް ވޯލްޑް އެކުއިޒިޝަން ކޯޕްއާ އެއްކޮށްލައިގެން އަލަށް އުފެއްދި ޓްރަމްޕު މީޑިއާ އެންޑް ޓެކްނޮލޮޖީ ގުރޫޕުގެ ފަރާތުންނެވެ.

ޓުރޫތު ސޯޝަލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު މި މަންސަ އެންމެ އެއްގޮތީ ޓުވިޓާއާއެވެ.

މި ލިއުމާއި ގުޅޭ