Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީ ލައިފް

ކޮއްކޮއަކާއި ދައްތަ ޖާމިނުކޮށް ސީލައިފް އަންމަޓީ ކަފާލާތު އުސޫލުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލެޓު އެޅުމަށް ކަމުގައި ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ އަޙްމަދު މޫސާ އޭނާގެ ކޮއްކޮއަކާއި ދައްތައެއް ޖާމިނުކޮށް ކަފާލާތުގެ އުސޫލުން ދޫކޮށްލައިފިއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޖާމިނުކޮށްފައިވަނީ އަތީފާ މޫސާއާއި މަރިޔަން ނަޢީމާއެވެ. އެ ދެ ފަރާތުން އަންމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަޤީންކަން ޝަރީޢަތަށް ދީފައިވެއެވެ.

އަންމަޓީ ފިލައިފި ހާލަތެއްގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 2 އަހަރަށް ގޭބަންދުކުރުން ނުވަތަ 15،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ހުކުމެއް ޖާމިނުވީ ފަރާތްތަކުގެ މައްޗަށް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޖާމިނުވި ދެ މީހުންވެސްވަނީ އެ އަދަބު އަންނާނެކަން އެނގި ތިބެ، އަންމަޓީގެ ފަރާތުން ޖާމިނުވާ ކަމަށް ކޯޓުގައި ބުނެފައެވެ.

އަންމަޓީ ދޫކޮށްލަން ނިންމެވި ސަބަބުތައް ތަފުސީލުކުރައްވަމުން ފަނޑިޔާރު ޙަސަން ސަަޢީދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އަންމަޓީ ހައްޔަރުކުރަން އަމުރުކުރި ނަމަވެސް އޭނާ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަމަށް ބަންދުކުރަން ތާއީދުކުރެއްވި އެއް ފަނޑިޔާރު ވިދާޅުވި ކަމަށެވެ.

އަދި މައްސަލާގައި މިހާތަނަށް އަންމަޓީ އެއްބާރުލުން ދެމުންދާކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ މި މައްސަލައަކީ ދިގުލައިގެން ހިނގައިދޭނެ މައްސަލައެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ