މައިކްރޯސޮފްޓްގެ ބިންގްރ ޓްރާންސްލޭޓަރ ބޭނުން ކޮށްގެން އިނގިރޭސި ބަހުން ދިވެހި ބަހަށް އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވޭ ގޮތަށް ހަދައިފިއެވެ.
މައިކްރޯސޮފްޓުން ތަރުޖަމާ ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ތަފާތު 100 ބަސް މިހާރު ތަރުޖަމާ ކުރެވެއެވެ. ދިވެހި ބަހަކީ އެންމެ ފަހުން މި އެޕްލިކޭޝަނަށް އިތުރު ކުރެވުނު ބަސްތަކުގެ ތެރެއިން ބަހެކެވެ.
މިއީ މިގޮތަށް ދިވެހި ބަސް ތަރުޖަމާ ކުރެވޭ ފުރަތަމަ އެޕްލިކޭޝަންއެވެ. އެންމެ ގިނަ މީހުން ބޭނުން ކުރާ ގޫގުލް ޓްރާންސްލޭޓުން އަދި ދިވެހި ބަސް ތަރުޖަމާ ނުކުރެވެއެވެ.
ދިވެހި ބަހަކީ ދުނިޔޭގައި އެންމެ މަދުން މީހުން ބޭނުން ކުރާ ބަސްތަކުގެ ތެރެއިން ބަހެކެވެ.