Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

ދޮގު ތުހުމަތުކޮށް ޢިރާޤަށް އެމެރިކާ ސިފައިން އެރުވުމުގެ އެއް މޭސްތެރިޔާ މަރުވެއްޖެ

އެމެރިކާއަށް ސެޕްޓެންބަރު 11، 2001 ވަނަ ދުވަހު ދިން ނުރައްކާތެރި ހަމަލާއާ ޢިރާޤާ ގުޅުން އޮތް ކަމަށާއި، އެ ޤައުމުގައި ނުރައްކާތެރި ހަތިޔާރު އެބަހުރިކަމަށް ބުނެ އޮޅުވާލައި ދޮގުހަދައިގެން ޢިރާޤަށް އަރައި އެ ޤައުމު ސުންނާފަތިކޮށްލުމުގެ މޭސްތެރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ކޮލިން ޕަވެލް މަރުވެއްޖެއެވެ.

ކޮލިން ޕަވެލްއަކީ ޖޯޖް ޑަބްލިއު ބުޝްގެ ރިޔާސަތުގައި އެމެރިކާއިން ޢިރާޤަށް އެރުމަށް އެންމެ ގަދައަށް ވަކާލާތުކުރި އެކެކެވެ. އެގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޢިރާޤަށް އެރުމަކީ ރަނގަޅުކަމެއް ކަމަށް ދެއްކުމުގެ ގޮތުން ޢިރާޤުގައި ސުންނާފަތިކުރުވަނިވި ހަތިޔާރު ހުރިކަމަށް ބުނެ އޭނާވަނީ ދޮގުހަދާފައެވެ.

އަދި އެ ދުވަސްވަރު ދުނިޔޭގެ ބޮޑެތި ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި ޢިރާޤަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ސިފަކޮށް، އެ ޤައުމުން ޓެރަރިސްޓުންނަށް ހަތިޔާރާއި ފައިސާ ދޭ ކަމަށާއި، ޢިރާޤުގެ އެއިރުގެ ރައީސް ޞައްދާމް ޙުސައިން ބޮޑެތި ގެއްލުންދެނިވި ހަތިޔާރު ޖަމާކުރައްވާފައިވާ ކަމަށް ބުނެ އާންމުންނަށް ހަގީގަތް އޮޅުވައިލުމުގެ ގިނަ މަސައްކަތްތަކެއް ކޮލިން ޕަވެލް ކުރިއެވެ.

ކޮލިން ޕަވެލްގެ ބައިވެރިވުމާއި މޭސްތެރިކަމުގެ ދަށުގައި ޢިރާޤަށް އެމެރިކާއިން އަރައި ހިންގި ހަނގުރާމައާއި އެއާ ގުޅިގެން ޢިރާޤުގައި ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 209،000 އާންމުން މަރުވެފައިވެއެވެ. ބައެއް ޖަމާޢަތްތަކުން އަންދާޒާކުރާ ގޮތުގައި އެ އަދަދު އެއަށްވުރެ މާ ބޮޑަށް ގިނަވާނެއެވެ.

ކޮލިން ޕަވެލް މަރުވިއިރު އޭނާގެ ޢުމުރަކީ 84 އަހަރެވެ. އޭނާއަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ޖެނެރަލެވެ.

މި ލިއުމާއި ގުޅޭ