Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސާފް ޗެމްޕިއަންޝިޕް

އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

އަވަށްޓެރި އިންޑިއާ އިން އުރީދޫ ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

މިރޭ އެ މުބާރާތުގެ ފައިނަލުގައި ނޭޕާލާއި ވާދަކޮށް އިންޑިއާ މޮޅުވީ 3-0 އިންނެވެ. މިއީ އިންޑިއާ މި މުބާރާތް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. އިންޑިއާއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ 2015 ވަނަ އަހަރުގައެވެ. އެ އަހަރު އިންޑިއާ ފައިނަލުގައި ވާދަ ކުރީ އަފްޣާނިސްތާނާއިއެވެ.

2018 ވަނަ އަހަރުވެސް އިންޑިއާ ސާފްގެ ފައިނަލަށް ދިޔަނަމަވެސް އެފަހަރު އިންޑިއާ ބަލިކޮށް ތަށި ނެގީ ރާއްޖެއެވެ.

ގަދަ ވާރޭގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފެށުނުތަނާ ހެންނެވެ. އޭގެ ފަހުން މެޗު ނިމެން ކައިރިވެފައި ވަނިކޮށްވެސް އިންޑިއާ އިން ވަނީ އެއް ލަނޑު ޖަހާފައެވެ.

އިންޑިއާ މި މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ ދިވެހިރާއްޖެއާއި ވާދަކޮށްގެންނެވެ.

މި ލިއުމާއި ގުޅޭ