Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފިއެވެ.

ގާސިމްގެ އަމިއްލަފުޅު ޓީވީ، ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގައި މަޝްހޫރު ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެކަން އިއުލާނުކޮށްފައިވާއިރު މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިއްސެ ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅާ ގުޅޭ ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް އާންމުންނާއި ހަމައަށް ގެނެސްދޭނެކަމަށާއި ގާސިމްގެ ހަޔާތްޕުޅަކީ އިބްރަތުން ފުރިފައިވި ދިރިއުޅުމެއްކަމަށްވާއިރު އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއްކަމަށެވެ.

އިއްސެ ވިދާޅުވި ގާސިމްގެ ހިދުމަތަކީ ދައުލަތުގެ ވެރިންނާއި މުޅި ދިވެހި ރައްޔިތުންވެސް ހެކިވާނެ ހިދުމަތެއްކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތަކެއްކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ފިލްމުގައި ވިޔަފާރީގައި ކާމިޔާބު ހޯއްދަވާ މިހާރު ހުންނެވި ހިސާބަށް ގާސިމް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައިކަން ވަރަށް ރަނގަޅަށް ގެނެސްދޭނެއެވެ.

މީގެއިތުރުން އިއްސެ ވިދާޅުވީ އެއީ އާދައިގެ ފިލްމަކަށް ނުވާނެ ކަމަށާއި އަމާޒަކީ "އިންޓަނޭޝަނަލް ފެންވަރު" ގެ ފިލްމެއް ހެދުންކަމަށެވެ. އިއްސެ ވިދާޅުވީ ފިލްމާ ގުޅޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ