ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑާލް ވަޒީފާއިން ވަކިކޮށްފިއެވެ.
ޖޯން ގްރިންޑާލް މަގާމުން ވަކިކޮށްފައިވަނީ އެ އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އެ މައްސަލަ މީޑިއާއަށް ތިލަވުމާ ގުޅިގެން މީގެ ކުރިން ޕެންޝަން އޮފީހުންވަނީ އެކަން ދޮގު ކޮށްފައެވެ.
އުލޫމާތު ލިބޭ ގޮތުގައި އޭނާ މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައެވެ. އެހެންނަމަވެސް، ޕެންޝަން އޮފީހުން ރަސްމީ ސިފައެއްގައި އެކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ކޮމްޕެރޭ ގުރޫޕު މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ ވަޒީފާގެ އިތުރަށް އިނގިރޭސިވިލާތުގެ މާލީ މުއައްސަސާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިން ގުރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމުވެސް އަދާ ކުރައްވާފައިވާ ގްރިންޑާލް މަގާމުން ވަކިކުރީ ކީއްވެ ކަމެއް ޕެންޝަން އޮފީހުން ހާމައެއް ނުކުރެއެވެ.