Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޙްމަދު މޫސާ

އައްމަޓީއަށް ކުރާ 42 ދައުވާއަށް ވެސް އޭނަ އިންކާރުކޮށްފި

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ 42 ދައުވާ މިއަދު އިއްވާ ނިންމައިފިއެވެ.

މިއަދު ކޯޓުގައި މި 42 ދައުވާ ވެސް އިއްވާފަައިވާއިރު، އައްމަޓި ވަނީ މި ހުރިހާ ދައުވާ އަކަށްވެސް އިންކާރުކޮށްފައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. ދެ އަޑުއެހުމުން އެ ދައުވާތައް ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އިއްވާފައެވެ.

ވަކި ވަކިން ކޮންމެ ދައުވާއެއްވެސް އިއްވުމުން، އައްމަޓީގެ ވަކީލް، އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވަނީ ދައުވާއަށް އިންކާރު ކުރާކަން ހާމަ ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ