Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފްލައިން ސުކޫލް

ފްލައިން ސްކޫލް ހިންގަން ޗެކް ރިޕަބްލިކްގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގައި ފްލައިން ސްކޫލު ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ފްލައިން ސްކޫލުގެ ކަންކަން ރާއްޖެއިން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެންނެވެ.

އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް އޮންލައިން ނޫސް "އަދަދު"އަށް ވިދާޅުވީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފައިވާ ކަމަށާއި އެމްއެންޔޫއާ ގުޅިގެން ޑިސެމްބަރުގައި ފްލައިން ސްކޫލުގެ ކިޔެވުން ފެށޭ ވަރަށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

މޫސަ ވިދާޅުވިގޮތުގައި ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކިޔެވުން އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްގައި ކުރިއަށް ގެންދާއިރު ފްލައި ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

މޫސަ ވިދާޅުވީ ފްލައިން އެކަޑަމީގެ ވަފްދެއް ރާއްޖެ އައިސް ފްލައިން ސްކޫލު ހިންގަން ނިންމާފައިވާ ތަނާއި ވަސީލަތްތައް ބަލައި ޗެކް ކޮށްފައިވާކަމަށާއި އިތުރު ބޯޓެއް އެކަމަށް ހޯދަންޖެހޭނަމަ އެކަން ކުރާނެކަމަށެވެ.

ފާހަގަކުރެވޭގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައެއްނުވެއެވެ.

އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިއްޔެ ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ