މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 66 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަަލާއިރު ސެޕްޓެމްބަރު މަހުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 15 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެއެވެ. އަދި ޖެނުއަރީ އިން ފެށިގެން ސެޕްޓެމްބަރު ނިޔަލަށް 66 މިލިއަން ރުފިޔާ މުޅި ޖުމްލަ ލިބިފައިވެއެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 44 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 34 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 0.6 އިންސައްތައެވެ.