Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނިއުޕޯޓް ވިއު

ޑރ.މުއިއްޒު މައްޗަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވީ ސްޓްރާޑާގެ މައްސަލައަށް ނުފޫޒު ފޯރުވަން: ސްޓްރާޑާ

ލޮނުޒިޔާރަތް ކޮޅުގައި ހުން ބްރިޖު ވިއުއިން ޕްލެޓްފޯމް އާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒު މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ފޮނުވާފައިވަނީ މިއަންނަ ހަފްތާގައި ކޯޓުގައި އޮތް ސްޓްރާޑާގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށް ސްޓްރާޑާ އިން ބުނެފިއެވެ.

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އޭސީސީ އިން މި މައްސަލައާއި އާއި ގުޅިގެން 6 އޮކްޓޯބަރުގައި ބަޔާނެއް ނެރެފައިވަނީ، ސްޓްރާޑާގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އެންމެ ފަހު މަރުހަލާ ކަމަށްވާ ހުކުމް ކުރުމަށް 11 އޮކްޓޯބަރު 2021 ތާވަލް ކުރެވިފައިވާތީ، ސީދާ ކަނޑައެޅިގެން މިމައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.

އަދި، އެއްވެސް ކޯޓެއްގައި އެ ކުންފުންޏާއި ގުޅޭ މައްސަލައެއް ކުރިއަށް ދާނަމަ، އެ މައްސަލައެއްގެ ތެރެއަށް ތަދައްހުލް ވުމަކީ ޤާނޫނު އަސާސީ އިން އެ ކުންފުންޏަށް ލިބިދޭ ހައްޤަކަށްވާއިރު، އެ ކުންފުނިން އެ މައްސަލަތަކަށް ތަަދައްހުލް ވާނެ ކަމަށްވެސް ސްޓްރާޑާގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާފައިވާ ތަހުގީގު ނަޒާހާތްތެރިކަމާއި މެދުވެސް ސުވާލު އުފައްދާފައެވެ.

މިގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަކީ، އެ މަޤާމަށް ދިޔުމުގެ ކުރިން އެ ކުންފުނީގެ ދަށުން ހިންގި ނިއުޕޯޓު ރެސްޓޯރެންޓު ބޮއިކޮޓު ކުރުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވި ފަރާތެއްކަން ސްޓްރާޑާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ފަރާތެއް އިސްވެ ހުރެ ހިންގާ ތަހުގީގެއްގެ އިންސާފުވެރިކަމާއި ނަޒާހާތްތެރި ކަމާއި މެދު ސުވާލު އުފެދޭކަމަށް ސްޓްރާޑާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ