Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރާއްޖެ އެތެރެކުރެވޭ ޖަނަވާރުންގެ ލިސްޓު ހެދުމަށް މަޝްވަރާކުރާނެ ބަޔަކު ކަނޑައަޅައިފި

ރާއްޖެ އެތެރެކުރެވޭ ޖަނަވާރުންގެ ލިސްޓު ހެދުމަށް މަޝްވަރާކުރާނެ ފަރާތްތަކެއް ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއިން ކަނޑައަޅައިފިއެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއަށް އެތެރެކުރެވޭނެ ޖަނަވާރުންގެ ލިސްޓެއް ހަދަން މަޝްވަރާ ކުރާނެ ފަރާތްތައް ކަނޑައެޅުމަށް ކުރި މަޝްވަރާގައި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅީ އެ ފަރާތްތަކުގެ ގޮތުގައި ހެލްތް މިނިސްޓްރީއާއި، ފުޑް އެންޑް ޑްރަގް އެޖެންސީއާއި ފިޝަރީޒް މިނިސްޓްރީއާ ކަސްޓަމްސް އަދި ޕްޓް އިމްޕޯޓާސްއާ އެކްސްޕޯޓާސްގެ އިތުރުން ވެޓް ކްލިނިކްތައް ކަނޑައެޅުމަށެވެ.

އެގޮތުން މެންބަރު ފިރުޝާންގެ ހުށަހެޅުއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ތާއީދު ކުރައްވާ ކެމެޓީއިން ވަނީ އެކަމުގެ މަޝްވަރާކުރުމަށް އެ ފަރާތްތައް ކަނޑައަޅާފައެވެ.

ޖަނަވާރުގެ ސިއްހަތާބެހޭ ބިލުގެ ނަމުގައި އެކުލަވާލާފައިވާ މި ބިލުގެ މަގުސަދަކީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
އެގޮތުން ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާ ގުޅޭ އުސޫލުތަކާއި، ޖަނަވާރަށާއި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު މި ބިލުގައި އެކުލެވެއެވެ.
ބިލްގައި މިނިސްޓްރީ އާއި ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާ އާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވެއެވެ. ޖަނަވާރު އެކްސްޕޯޓް ކުރުމާއި ރީ އެކްސްޕޯޓް ކުރުމާއި ޓްރާންސިޓް ކުރެވޭނެ ގޮތްތަކާއި ޖަނަވާރު ނައްތާލެ ގޮތްތަކާއި ޖަނަވާރުތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ގޮތްތަކާއި އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރެވޭނެ ގޮތްތައް ވެސް ބިލްގައި ވަނީ ހިމަނާފައެވެ.

އެގޮތުން ވިޔަފާރީގެ ބޭނުމަށާއި ގެންގުޅެ ވިއްކާ އާލާ ކުރުމަށް ނުވަތަ އެ ނޫން ބޭނުންތަކަށް ދިވެހިރާއްޖެއަށް ޖަނަވާރުން އިމްޕޯޓު ކުރެވޭނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވައިދުގެ މަތިން މިނިސްޓްރީގެ ރަޖިސްޓްރީކޮށް ހުއްދަ ހޯދާފައިވާ ފަރާތްތަކަށް ކަމަށް ބިލުގެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި ވާގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓު ކުރުން ހުއްދަ އަދި މަނާ ޖަނަވާރުންގެ ލިސްޓު ގާނޫނަށް އަމަލުކުރަން ފަށާތާ އަށް މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންޖެހެއެވެ.

އެހެންކަމުން އިއްޔެގެ ކޮމެޓީ ބައްދަލުވުމަގައި މަޝްވަރާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި އެކު އެތެރެކުރެވޭ ޖަނަވާރުންގެ ލިސް ހެދުމަށް ކުރަންޖެހޭ މަޝްވަރާތައް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ފެށުމަށްވެސް ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ