Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަފްރާޝީީމް

ރައީސް ޔާމީން ވެރިކަމުގައި އެޅި ޑރ.އަފްރާޝީމްގެ ހަނދާނީ އިސްލާމީ މަރުކަޒު އަދިވެސް ނުހުޅުވާ

އަނިޔާވެރި ގޮތުގައި 2012 ވަނަ އަހަރު ޝަހީދުކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ބިނާކުރި އިސްލާމީ މަރުކަޒު ބޭނުންކުރަން އަދިވެސް ނުފަށައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ބިިނާކުރައްވާފައިވެއެވެ. އެގޮތުން ގދ.ތިނަދޫ އަދި ރ.އުނގޫފާރުގައި އިސްލާމީ މަރުކަޒުތައް އަޅުއްވާފައިވެއެވެ. އަދި މާލޭގައި ކިންގް ސަލްމާން މިސްކިތް ބިނާކުރައްވާފައިވެއެވެ. ވެރިކަން ބަދަލުވެ 3 އަހަރާ ގާތަށް ދާއިރު އަދި ޑރ.އަފްރާޝީމްގެ ހަނދާނުގައި އެޅި އިސްލާމީ މަރުކަޒާއި މާލޭގައި ހުރި ކިންގު ސަލްމާން މިސްކިތް ހުޅުވާފައިނުވެއެވެ.

އުނގޫފާރުގައި ބިނާކުރަން ރައީސް ޔާމީނުގެ ވެރިކަމުގައި ފެއްޓެވި މިސްކިތުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި އެ މަރުކަޒު އިސްލާމިކް މިނިސްޓްރީއާ ކޮންޓްރެކްޓަރު ހަވާލުކުރި ފަހުން މިހާތަނަށް 1 އަހަރާއި 9 މަސްވެފައިވެއެވެ.

އިސްލާމީ މަރުކަޒު ހުޅުވާފައިނުވާއިރު އެ މަރުކަޒު ހުޅުވާފައިނުވާ ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގެވި ގިނަ މަޝްރޫޢުތަކެއް ނިމުމަށްފަހު ރަސްމީކޮށް ހުޅުވާފައިނުވާކަން ފާހަގަކުރެވެއެވެ. ކިންގު ސަލްމާން މިސްކިތް އަދިވެސް ނުހުޅުވާއިރު ދަރުމަވަންތަ ހޮސްޕިޓާ ރަސްމީކޮށް ހުޅުވާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ