Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް

ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މީހާ އެކްސިޑެންޓެއްގައި މަރުވެއްޖެ

ކީރިތި ރަސޫލާއަށް ފުރައސާރަކޮށް ކާޓޫނު ކުރެހި ސްވިޑެންގެ ލާސް ވިލްކްސް އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ސްވިޑެންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ދެކުނުގެ އަވަށެއްގައި ފުލުހުންނާއި އެކު ކާރެއްގައި އޭނާ ދަތުރުކޮށްފައި ދަނިކޮށް ޓްރަކެއްގައި ޖެހި އެކްސިޑެންޓުވިއެވެ. އެކްސިޑެންޓުގައި ޓްރަކު ޑްރައިވަރު ވަރަށް ބޮޑަށް ޒަހަމް ވެފައިވާއިރު ދެ ފުލުހުން ނާއި ލާސް ވަނީ މަރުވެފައެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަން އެނގެން ނެތް ކަމަށް ސްވިޑެންގެ ފުލުހުން ވަނީ ބުނެފައެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ލާސް ކާޓޫނު ކުރެހީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ އުޅެމުން އަންނަނީ ފުލުހުންގެ ހިމާޔަތުގައެވެ.

ލާސް ކުރެހި ކާޓޫނާއި ގުޅިގެން މުސްލިމް ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކޮށްފައެވެ. އަދި އޭރު ޑެންމާކްގެ ސަރުކާރުން ވަނީ މުސްލިމް ޤައުމުތަކުގެ ސަފީރުންނާއި ވެސް ބައްދަލުކޮށް މަސްރަހު ފިނި ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ.

އަދި އެ ދުވަސްވަރު އިރާޤުގެ އަލްޤައިދާ އިން ވަނީ ލާސް މަރާލާ މީހަކަށް 1 ލައްކަ ޑޮލަރުގެ އިނާމެއް ދޭނެ ކަންވެސް އިއުލާންކޮށްފައެވެ.

މި ލިއުމާއި ގުޅޭ