Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދެކުނު ކޮރެއާ

ދެކުނު ކޮރެއާ ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް: "މިއީ ރާއްޖެއިން ކުރި ތާއީދަށް ބަދަލުދޭންވީ ވަގުތު"

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ދެކުނު ކޮރެއާ އުނިކޮށް، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުގައި ރާއްޖެ އިން އެ ގައުމަށް ކުރި ތާއީދު ބަލައިގަންނަކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖިއޮން ވޫންޖިން ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) ގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްްޓުން އުނިކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ކޮރެއާ ހިމެނީ މިދިޔަ ޖުލައި މަހުއެވެ. އެގޮތުން، ކޮރެއާގެ ނެޝަނަލް ފައުންޑޭޝަން ޑޭ ފާހަގަކުރުމުގައި ރާއްޖެ ބައިވެރިކުރުމުގެ ގޮތުން ފޮނުއްވި ހިތާބެއްގައި ސަފީރު ވިދާޅުވީ، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުގައި ރާއްޖެ އިން އެ ގައުމަށް ކުރި ތާއީދު ބަލައިގަންނަކަމަށާއި ދެން އޮތީ އޭގެ ބަދަލު ދިނުން ކަމަށެވެ.

ބައިނަލްއަގްވާމީ ގޮތުން ކޮރެއާ މިހާރު ހޯދާފައިވާ މަގާމަކީ ރާއްޖެ ވެސް ހިމެނޭ ގޮތުން ބައިނަލް އަގްވާމީ މުޖުތަމައުގެ ތާއީދު ނުލިބުނު ނަމަ ހާސިލުވާނެ މަގާމެއް ނޫން ކަމަށާއި ރާާއްޖެ އާއި ކޮރެއާއަކީ މުހިއްމު ދާއިރާތަކެއްގައި ބައިވެރިންނަށް ވެފައިވާކަން ފާހަގަ ކުރައްވާ ސަފީރު ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މީގެ އިތުރުން، އެއް ގައުުމުން އަނެއް ގައުމަށް ކުރާ އިތުބާރު ކުރިއަށް ވުރެ ބޮޑުވަމުން އަަންނަކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ދިވެހިރާއްޖެ ހިމެނޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުން މާޒީގައި ދިން އެެއްބާރުލުމާއި ކުރި ތާއީދަށް ކޮރެއާ ޝުކުރުވެރިވަން. ބަދަލުދިނުމުގެ ގޮތުން، ތަރައްގީ ވަމުން އަންނަ ގައުމަތަކަށް އެހީދިނުމުގެ މަސައްކަތުގައި ކޮރެއާ ބައިވެރިވުމުގެ ވަގުތު މި އޮތީ ޖެހިފައި،" ރާއްޖެ އާއި ކޮރެއާއާ ދެމެދު ގުޅުން ބަދަހި ކުރާނެ ތަފާތު ގިނަ ދާއިރާތަކެއް އެބަހުރި ކަމަށާއި އިގުތިސާދީ ދާއިރާ އާއި ސިއްހީ ދާއިރާ ހިމެނޭކަން ފާހަގަ ކުރައްވާ ސަފީރު ވިދާޅުވިއެވެ.

ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ރަނގަޅު މަގުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސަފީރުގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ. ފާހަގަ ކޮށްލެވޭގޮތުގައި، 1964 ވަނަ އަަހަރު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) އުފެއްދި ފަހުން، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް މިހާތަނަށް ގައުމެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

މި ލިއުމާއި ގުޅޭ