Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ޤަދީމީ ގެއެއްގެ ފާރު ތެރެއިން ނެގި ރަން ފައިސާ ފޮތިތަކެއް 1.2 މިލިއަން ޑޮލަރަށް ވިއްކައިފި

ފަރަންސޭސިވިލާތުގެ ރަށްފުށުގައި ހުރި ދުވަސްވީ ގެއެއްގެ ފާރު ތެރެއިން ނަގާފައިވާ ވަރަށް ނާދިރު ރަން ފައިސާ ފޮތިތަކެއް 1 މިލިއަން ޔޫރޯ ނުވަތަ 1.2 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

މި ފައިސާ ފޮތިތަކަކީ ފަރަންސޭސި އިންޤިލާބުގެ ކުރިން ޖަހާފައިވާ ފައިސާ ފޮތިތަކެކެވެ. މި ފައިސާ ފެނުނީ ކުއިމްޕާ ކައިރީ ހުންނަ ގެއެއް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަނިކޮށް އެ ގޭގެ ފާރުތަކުގެ ތެރެއިންނެވެ.

އެ ގޭގެ ވެރިންވަނީ ހަތަރު ފައިސާ ފޮތި ހަނދާނަށްޓަކައި އެ މީހުންގެ އަތުގައި ބާއްވާފައެވެ. ބާކީހުރި ފައިސާ ފޮތިތައް ފުރާންސްގެ ހުޅަނގުގެ އަވަށެއް ކަމުގައިވާ އެންގާސްގައި ނީލަންކިޔާފައިވެއެވެ. ގޭގެ ވެރިންގެ އަތުގައި ބޭއްވި ހަތަރު ފައިސާ ފޮތީގެ އަގަކީ 250،00 ޔޫރޯއާއި 300،000 ޔޫރޯއާ ދެމެދުގެ އަގެއް ކަމަށް ލަފާކުރެވެއެވެ.

އެންމެ ފުރަތަމަ ނީލަމަށް ލާފައިވަނީ ފަރަންސޭސި ރަސްގެފާނު ލުއީގެ ސޫރަ ހިމެނޭ ދެ ފައިސާ ފޮއްޗެވެ. އެ ފައިސާ ފޮތި ވިކިފައިވަނީ 46،00 ޔޫރޯއަށެވެ. އެއީ ޕެރިސްއިން ފެނުނު ޓެމްޕްލާގެ ސަލީބު ޖެހި ފައިސާ ފޮތި ވިއްކުނު އަގެވެ.

އެ ނީލަމަށް އިންޓަނެޓު މެދުވެރިކޮށް އަދި ފޯނުގެ ޒަރީޔާއިންނާއި ނީލަން ކުރިއަށްގެންދިޔަ މާލަމަށް ހާޒިރުވެގެންވެސް މީހުން އަގު ހުށަހަޅާފައިވެއެވެ.

މި ނީލަމުން ލިބޭ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތާއި އެ ފައިސާ ފޮތިތައް ހޯދި މަސައްކަތްތެރިންގެ މެދުގައެވެ.

މި ލިއުމާއި ގުޅޭ