Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަދަލު ދިނުން

ބަދަލު ދޭން ނިންމީ އޮޑިޓުތަކަށް ބިނާކޮށް، ދައުލަތުން އުޅެނީ އޮޅުވައިލަން: ދީބާޖާ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޙަވާލުކުރި ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ނިންމީ، އޮޑިޓުތަކަށް ބިނާކޮށް ކަމަށާއި، ދައުލަތުން މަސައްކަތްކުރަނީ ޙަޤީޤަތް އޮޅުވައިލަން ކަމަށް މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ދީބާޖާއިން ބުނެފިއެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، އެ މައްސަލާގައި ކުރިން ސުޕްރީމް ކޯޓުން ނިންމި ނިންމުން، އައު ސުޕްރީމް ކޯޓުން ބާތިލުކޮށް އަލުން އިސްތިއުނާފުކުރުމުގެ ފުރުޞަތު ދިނުމާ ގުޅިގެން އެ ކުންފުނިން ހުށަހެޅި މައްސަލާގައެވެ.

ކުރީގެ ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަލާފައިވަނީ އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އިސްތިއުނާފު މައްސަލަތައް ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުންކަމަށް ބުނެ ދީބާޖާއިން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލާގައި އެއިރުގެ ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ހައިކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށެވެ.

ނަމަވެސް އެ މައްސަލަ މުރާޖަޢާކޮށް އައު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓުން އެ މައްސަލަ ބަލައިގަތީ ރަނގަޅަށް ކަމަށެވެ. އެ މައްސަލާގައި މައުޟޫޢީ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައިނުވާތީ އެ މައްސަލާގައި ހައިކޯޓުން ދައުލަތާ އެއްކޮޅަށް ބަދަލު ދޭންނުޖެހޭނެކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު ދީބާޖާއަށް އޮންނާނެ ކަމަށެވެ.

މި މައްސަލަ ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެ ކުންފުނީގެ ވަކީލު ޙަލީމް ވިދާޅުވެފައިވަނީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކަނޑައެޅީ ބޭރުގެ އޮޑިޓު ފާމުތަކުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުތަކަށް ބަލައިގެން ކަމަށެވެ. އަދި އެއީ އެ ކުންފުންޏާ ދައުލަތާ ދެމެދުގައި ވެފައިވާ އެއްބަސްވުމުންވެސް އެނގެން އޮންނަ ކަމެއް ކަމަށް ޙަލީމު ވިދާޅުވިއެވެ.

އަދި ސުޕްރީމް ކޯޓަށް މައްސަލަ މުރާޖައާކުރަން ދައުލަތުން ހުށަހެޅިއިރުވެސް އެ ހިސާބުތައް ވަންހަނާކޮށްފައިވާ ކަމަށާއި، އަދި ދައުލަތުން މަސައްކަތްކުރަނީ ހެޔޮ ނިޔަތުގައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއިން މަސައްކަތްކުރި ކަމަށާއި، އެގޮތުން ވަގުތީ ޚިދުމަތް ފެށިކަމަށާއި، ދާއިމީ ޚިދުމަތް އެއްބަސްވުމުގެ ދަށުން 5 އަހަރުގެ މުއްދަތެއް ލިބޭ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތުގައި ޚިދުމަތް ދިނުމަށް އެ ކުންފުނިން ޚާއްޞަ ފެރީތަކެއް ބަނުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ބޭނުންވާ 8 ފެރީ ބަނުމުގެ މަސައްކަތް ރ.ފައިނުގައި ފަށައިގެން ކުރިއަށްގެންދިޔަ ކަމަށާއި އަދި އެ ފެރީތަކަށް ބޭނުންވާ އިންޖީނުތައްވެސް ރާއްޖެއަށް އެތެރެކުރި ކަމަށް ހަލީމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ