Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަދާފައިވާ 3 އެއްބަސްވުމެއް ހޯދަން ހުށަހަޅައިފި

އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ހަދާފައިވާ 3 އެއްބަސްވުމެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދަންނަވައިފިއެވެ.

މިގޮތުން އާދަމަ ޝަރީފް އެދިފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުން، ހައިޑްރޯގްރަފީ އެއްބަސްވުން، އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއާއި ހިއްސާކޮށް އެ އެއްބަސްވުންތައް ދިރާސާ ކުރުމަށެވެ.

"ދިވެހިރާއްޖެއާއި އިންޑިއާއަކީ ވަރަށް ރަޙުމަތްތެރި ދެޤައުމަށްވާއިރު، ދެޤައުމުގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެކުވެރިކަމަށް ބުރޫއަރާފަދަ ކަންކަން ވުމަކީ ދެ ޤައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލި، ދުނިޔޭގެ އެހެން ނުފޫޒުތަކުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ." އާދަމް ޝަރިފްގެ ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

އާދަމް ޝަރީފް އެދިފައިވަނީ އެ އެއްބަސްވުންތައް 241 ކޮމިޓީން ބެލުމަށްފަހު ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ ކަންކަން ހުރިތޯ ބެލުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑޯނިއާ އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމުގެ އަސްލު "ދިޔަރެސް" އިން ވަނީ އާންމުކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓެއްވެސް "ދިޔަރެސް" އިން އާންމުކޮށްފައިވާއިރު ސަރުކާރުން ވަނީ އެއީ ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށް ބުނެ ދޮގު ހަދާފައެވެ.

މި ލިއުމާއި ގުޅޭ