Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަފްޣާނިސްތާން

އަފްޣާނިސްތާނަށް 1 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވައުދުވެއްޖެ

ޠާލިބާނުން އަފްޣާނިސްތާނުގެ މައްޗަށް ވެރިވުމާއެކު އެ ޤައުމުގައި ފަޤީރުކަމާއި ހައިހޫނުކަން އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އަފްޣާނިސްތާނަށް އެހީވުމަށ 1 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް އެހީވާ ފަރާތްތަކުން ވައުދުވެއްޖެއެވެ.

ހޯމަދުވަހު ޖެނީވާގައި އޮތް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އދ.ގެ އަމީންއާންމު އެންޓޯނިއޯ ގުޓެރޭސް ވިދާޅިވީ، އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަގުތުން ވަގުތަށް ބޭނުންވާ 606 މިލިއަން ޑޮލަރު ހޯދަން އެދުމުން އެކި ފަރާތްތަކުން ފޯރުކޮށްދިނުމަށް ވައުދުވި ފައިސާގެ ޖުމްލަ އަދަދު ހާމަކުރައްވަން ދަތި ކަމަށެވެ.

ގުޓަރޭސް އިތުރަށް ވިދާޅުވީ އެތައް ދަހައަކަށް ދެމިގެންދިޔަ އަހުލީ ހަނގުރާމައާއި ހަމަޖެހުމެއް ނެތުމުގެ ސަބަބުން އަފްޣާނީންނަށް މިހާރު ކުރިމަތިވެފައިވަނީ އެ ޤައުމުގެ މީހުންނަށް ކުރިމަތިވި އެންމެ ޚުޠޫރަތްތެރި ހާލަތު ކަމުގައިވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. އަދި އަފްޣާނީންނަށް ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުން ފުރާނަތައް ސަލާމަތްވުމުގެ އިތުރަށް މީހުންގެ ދިރުއުޅުންވެސް ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރަންޖެހޭ ކަަމށް ވިދާޅުވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ހުންނެވީ އެހީތެރިކަމަށް އެދިވަޑައިގަތުމުން ޤައުމުތަކުން ދިން އިޖާބައާމެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމުގައިވީ ނަމަވެސް އަފްޣާނިސްތާނުގެ އިޤުތިޞާދު އިންދިރާސްވުމުގެ އިހުތިމާލު އޮތްކަމުގެ އިންޒާރު އޭނާވަނީ ދެއްވާފައެވެ.

ގުޓަރޭސް ވިދާޅުވީ ގިނަ އަފްޣާނީންނަށް ކާބޯތަކެތީގެ ދަތިކަން މި މަހުގެ ނިޔަލަށް ކުރިމަތިވާނެ ކަމަށެވެ. ދުނިޔޭގެ ކާނާގެ ޕްރޮގުރާމު (ޑަބްލިއުއެފްޕީ)އިން އަންދާޒާކުރާ ގޮތުގައި 14 މިލިއަން އަފްޣާނީން މިހާރުވެސް ތިބީ ހައިހޫނުކަމުގެ ތުންފަތްމަތީގައެވެ.

މި ލިއުމާއި ގުޅޭ