Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުﷲ ރިޔާޒް

ރިޔާޒު ހުންނެވީ ޤާސިމް ހަރަދު ކުރެއްވި ފައިސާ އަނބުރާ ދެއްވާ ގޮތަކަށް ނޫން

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހޮވުމަށް ޤާސިމް އިބްރާހިމް ހަރަދުކުރެއްވި ފައިސާ އަނބުރާ ނުދެއްވާނެ ކަމަށް ދޭހަވާ މޭރުމަކުން މެމްބަރު ރިޔާޒު ވާހަކަ ދައްކަވައިފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބަށް ކުރިމަތިލައްވައި އިންތިޚާބުވެވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔާޑް) އިންތިޚާބުކުރައްވަން ކުރެއްވި ޚަރަދު އަނބުރާދެއްވި ނަމަ ޖުމްހޫރީ ޕާޓީ ވަރަށް ރަނގަޅަށް ހިންގުނީސް ކަމަށެވެ.

އަދި އެދެބޭފުޅުންނަށް 4-5 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް" އާއި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ޤާނޫނުގައި ކެމްޕެއިން ކުރުމަށް ކަނޑައަޅާފައި އޮންނަ އަދަދަށްވުރެ އިތުރަށް އެއްވެސް ބަޔަކަށް، ޤާސިމް ހަރަދު ކުރައްވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ޤާސިމް އެ އަދަދަށް ފައިސާ ހަރަދު ކުރެއްވިތޯ ސުވާލު ކުރުމުން ރިޔާޒު ވަނީ އެއީ ޒާތީ މުއާމަލާތެއް ކަމަށާއި އެކަމަށް ކޮމެންޓު ނުކުރައްވާނެ ކަމަށެވެ.

އަދި ކެމްޕެއިނަށް ހަރަދުކުރެއްވި ފައިސާ އަނބުރާ ޤާސިމަށް ދެއްވާނަންތޯ ސުވާލު ކުރުމުން ރިޔާޒު ވަނީ އެގޮތަށް ހަރަދު ކުރާ ފައިސާ އަކީ އަނބުރާ ދޭންޖެހޭނެ އެއްޗެއް ނޫން ކަމަށެވެ.

"ކެމްޕެއިންނުން އެކިއެކި ފަރާތްތަކުން ދޭ ފައިސާ އަކީ އަނބުރާ ދޭ ގޮތަށް ދޭ ފައިސާ އެއް ނޫން" ރިޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާޒު ވިދާޅުވީ ޤާސިމް ނޫނަސް ވަރަށް ގިނަ ފަރާތްތަކުން އެ ބޭފުޅާއަށް ހަރަދު ކުރެއްވި ކަމަށެވެ.

ޤާސިމް އާއި ކާނަލް ނާޒިމް ޖޭޕީ ދޫކޮށް، އެމްއެންޕީ އުފެއްދެވުމާއި ގުޅިގެން ޤާސިމް ވަނީ އެ ދެބޭފުޅުންނަކީ ޚާއިނުންގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް ވަނީ ނާޒިމް އާއި ރިޔާޒަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ