Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރީގެ ގެއްލުން

ފޯޑު ކުންފުނިން އިންޑިޔާ ދޫކޮށްލާ ކާރު އުފައްދާ ކާރުޚާނާތައް ބަންދުކޮށްލީ

ފޯޑް މޮޓޯ ކުންފުނިން އިންޑިޔާގައި ކާރު ހަދަން ހަދާފައި ހުރި ކާރުޚާނާތައް ބަންދުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ނިންމާފައިވަނީ 2 ބިލިއަން ޑޮލަރުގެ ރިސްޓަރަކްޗަރިން މަސައްކަތްކުރުމަށެވެ. އެގޮތުން މީގެ ކުރިން ކުންފުނިން ދެކެފައިވަނީ އިންޑިޔާއަކީ އެ ކުންފުނީގެ އެންމެ ބޮޑު މާރުކޭޓު ކަމަށެވެ.

ވިއްކުމަށް އިންޑިޔާގައި ކާރު އުފެއްދުން އެކީ ހުއްޓުމަކަށް ގެންނަވަނީ ނިންމާފައެވެ. އަދި އެއާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބި 4،000 އިންޑިޔާ މުވައްޒަފުންނަށް އަސަރުކުރާނެއެވެ. މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި އިންޑިޔާގެ ހުޅަނގު ސްޓޭޓެއް ކަމުގައިވާ ގުޖުރާތުގައި ހުންނަ ކާރުޚާނާއެއް އެ ކުންފުނިން އެކީ ބަންދުކުރާނެއެވެ. އަދި ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ޗެންނާއީގައި ހުންނަ އިންޖީނު އުފައްދާ ކާރުޚާނާއެއްވެސް ބަންދުކުރަންވަނީ ނިންމާފައެވެ.

މި ނިންމުން ފޯޑުން ނިންމާފައިވަނީ ފޯޑުން އިންޑިޔާގައި ހިންގާ އޮޕަރޭޝަންތައް އެ ޤައުމުގެ ސްޕޯޓިން އުޅަނދު އުފައްދާ ކުންފުނި މަހިންދުރަ އެންޑް މަހިންދުރާއަށް ވިއްކަން ނިންމި ނިންމުން ރުޖޫޢަކުރިތާ މަސްތަކެއް ފަހުންނެވެ.

ފޯޑަށް އިންޑީޔާގައި ހިންގާ އޮޕަރޭޝަނުން ފާއިތުވި އެތައް ދިހަ އަހަރެއްގައި ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން އެ ކުންފުންޏަށް ޖުމްލަ 2 ބިލިއަން ޑޮލަރުގެ ގެއްލުން އިންޑިޔާގައި ހިންގާ އޮޕަރޭޝަނުން ކުރިމަތިވިއެވެ. އަދި 2019 ވަނަ އަހރު އެކަނި އެ ކުންފުނީގެ އަގުވަނީ 800 މިލިއަން ޑޮލަރުން ދަށްވެފައެވެ.

މީގެ ކުރިން އެ ކުންފުނީގެ ސީއޯއޯ ޖިމް ފާލޭވަނީ އެ ކުންފުންޏަށް ކުދި ފައިދާވާ އަދި ފައިދާއެއްނުވާ ބާޒާރުތަކަށް އެއްވެސް މިންވަރަކަށް ރައުސުލްމާލު އެޅުމަށް ނުވިސްނާ ކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ