Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފަރުވާއަށް ފަހު ރައީސް މައުމޫނު ގެކޮޅަށް ވަޑައިގެންފި

އާދީއްތަ ދުވަހު ފަތިހުގައި އައިޖީއެމްޗުގައި އެދުމަތިކޮށް ފަރުވާދިނުމަށްފަހު ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމު މިއަދު ހަސްފަތާލުން ދޫކޮށްފިއެވެ.
އެމަނިކުފާނު ގެކޮޅަށް ވަޑައިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދާދިފަހުން އުފެދުނު އިންފެކްޝަނުން ފުރިހަމައަށް ސަލާމަތްވެވަޑައިގެން ގެކޮޅަށް އަނބުރައި ވަޑައިގަންނަވައިފި ކަމުގައެވެ. އަދި މާތްﷲއަށް ޙަމްދުކުރެއްވުމަށްފަހު އައިޖީއެމްޗުގެ މުވައްޒަފުންނާއި ޑޮކްޓަރުން އެމަނިކުފާނާމެދު ބެހެޓި އެހީތެރިކަމާއި ގެންގުޅުނު ޕްރޮފެޝަނަލިޒަމަށްޓަކައި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް މައުމޫނު ހަސްފަތާލުގައި އެދުމަތިކުރެވުނީ އަރިދަފުސް ރޯގާ ޖެހިވަޑައިގެން ރޯގާ ލުއިނުވެ ގިނަދުވަސްވެގެން ބައެއް ތަޙުލީލުތައް ހައްދަވަން ކަމުގައި އެމަނިކުފާނުގެ ގާތް ބޭފުޅުން ވިދާޅުވެފައިވެއެވެ.
މައުމޫނު ޙާލުކޮޅު ރަނގަޅު ކަމުގައި އެމަނިކުފާނުގެ ދަރިކަނބަލުން އަދި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުވަނީ ކުރިންވެސް ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ