Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްލިނިކް، ކެފޭ އަދި ފިހާރަ ހިންގަން ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިހާރަތަކާއި، ކެފޭ އަދި ކްލިނިކްގެ އިތުރުން ބޭސްފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ކްލިނިކް ގާއިމުކުރުމަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައިވަނީ ދެވަނަ ފިޔަވަހީގެ އެޗް6 ޓަވަރުގެ 2،190.99 އަކަފޫޓުގެ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގައި ކްލިނިކް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން ދެވަނަ ފިޔަވަހީގައި ގްރޯސަރީ ސްޓޯރެއް ނުވަތަ ފިހާރަ ހިންގަން އެދޭ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަސް އެޗްޑީސީން ބުނެފައިވާއިރު ފިހާރަތަކަށް ދޫކުރަން އެ ކޯޕަރޭޝަނުން ނިންމާފައިވަނީ އެޗް13 ޓަވަރުގެ 1093.40 އަކަފޫޓެވެ.

އެ ކޯޕަރޭޝަނުން ކެފޭ ހެދުމަށް ދޫކުރަން ނިންމާފައިވަނީ އެޗް7 ޓަވަރުން 2196.91 އަކަފޫޓާއި، އެޗް9 ޓަވަރުން 2120.81 އަކަފޫޓުގެ އިތުރުން އެޗް13 ގެ ޓަވަރުން 1096.52 އަކަފޫޓެވެ. އެ ސްލޮޓުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އަދި ބޭސްފިހާރަ ހެދުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އިރު، ބޭސްފިހާރަ ހެދުމަށް ދޫކުރަން ނިންމާފައިވަނީ އެޗް11 ޓަވަރުގެ 539.92 އަކަފޫޓެވެ.

މި ހުރިހާ ޕްރޮޖެކްޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެވެސް ޕްރީޕްރޮޕޯސަލް މީޓިން އޮންނާނީ އޮންލައިންކޮންނެވެ. އެޗްޑީސީން ބުނާގޮތުގައި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އެގްޒިބިޝަން ސެންޓަރުގައެވެ. އަދި އެކަންކަމުގެ ތަފްސީލު މިހާރު ވަނީ އެޗްޑީސީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައެވެ.

މި ލިއުމާއި ގުޅޭ