Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުށްކުރުން

ފޮޓޯތަކެއް ލީކުކުރި މީހަކު ހައްޔަރުކޮށްފި

މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީީޑިއާ އަށް ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު 36، ގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ އެމީހާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ހުއްދަ ދީފައެވެ. އޭނާ ބަންދު ކުރަން ނިންމީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ފުލުހުން ބުނީ މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލައިފަ ކަމަށެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިގަތެވެ. އެ ތަކެތި ތަހުލީލު ކުރަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ވަނީ މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ.

މަސާއިދު ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ ކުށެއް ކަމަށް ބުނެ، ޒިންމާދާރު ވަޒީފާއެއްގައި އުޅޭތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. އެކަމަކު، ފުލުހުން ވަނީ އެ ކަމާ ދެކޮޅު ހަދައިފަ އެވެ. ފުލުހުން ކޯޓުގައި ބުނީ، މަސާއިދަކީ މީގެ ކުރިން ވެސް މިފަދަ އަމަލުތަކެއް ހިންގި ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ