ނަސާރާއިންގެ އަތްދަށުން ޤުދުސް މިނިވަން ކުރެއްވި ސަލާހުއްދީން އައްޔޫބީގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން ޓީވީ ސީރީސްއެއް އުފެއްދުމަށް ތުރުކީ އާއި ޕާކިސްތާނުން ނިންމައިފިއެެ.
މި ސީރީސް ނެރުމަށް ހަމަޖެހުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ އަންސާރީ އެންޑް ޝާހް ފިލްމް އާއި ތުރުކީގެ އަކްލީ ފިލްމްސް ގުޅިގެންނެވެ. މި ދެ ކުންފުނިން ވަނީ މިހާރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ސީރީސްގައި ތުރުކީ އަދި ޕާކިސްތާނަށް ނިސްބަތްވާ ފަންނާނުން ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ތުރުކީގައި ނެގުމަށް ހަމަޖެހިފައިވާ މި ސީރީސްގައި އޮންނާނީ ޖުމްލަ 3 ސީޒަންއެވެ.
ސަލާހުއްދީން އައްޔޫބީ ޤުދުސް ހިފާފައިވަނީ މީލާދީ ގޮތުން 1187 ވަނަ އަހަރުގައެވެ.