އެމެރިކާއަށް އުފަން ނަން މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑިލަން 1965 ވަނަ އަހަރު އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ ތުހުމަތު އޭނާ ދޮގު ކޮށްފިއެވެ.
މިއުޒިކުގެ ތެރޭގައި 60 އަހަރު ހޭދަ ކޮށްފައިވާ ބޮބް ޑިލަން އަކީ ލަވަލިއުމުގެ ދުނިޔޭގައި އައު ނަމެއް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާތަނަށް ދުނިޔެ ދުށް އެންމެ ކުޅަދާނަ އެއް ލަވަ ލިޔުންތެރިއަކީ ބޮބް ޑިލަން އެވެ. ނަމަވެސް އޭނާގެ މައްޗަށް މިވަނީ ހުތުރު ތުހުމަތުތަކެއް ކުރެވިފައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި ބޮބް ޑިލަން އަކީ ނޯބެލް ޕްރައިޒް އެއްވެސް ހާސިލްކޮށްފައިވާ ލަވަކިއުންތެރިއެކެވެ.
މިގޮތުން މިކަމާއި ގުޅިގެން އެ އަންހެން މީހާ ބަޔާންކޮށްފައިވާ ގޮތުގައި 1965 އަހަރު ބޮބް ޑިލަން އޭނާގެ މަގުބޫލުކަން ނަހަމަގޮތުގައި ބޭނުންކޮށް ރަލާއި އަދިވެސް އެހެނިހެން މަސްތުވާ ޒާތުގެ އެއްޗެހި ދީގެން އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވެއެވެ. އަދި ބޮބް ޑިލަންގެ އެޕާޓްމަންޓަށް ގެންގޮސް ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް އޭނާ ތުހުމަތު ކުރެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ބޮޑެތި ނަފްސާނީ މައްސަލަތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި އެކަމަށް މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ،
މި ތުހުމަތުތަކާއި ގުޅިގެން އުމުރުން މިހާރު 80 އަހަރުވެފައިވާ ބޮބް ޑިލަންގެ ފަރާތުން ބޭރުގެ މީޑިއާއެއް ކަމަށްވާ "ބީބީސީ" އާ ވާހަކަ ދައްކަމުން އޭނާގެ ސްޕޯކްސްޕާސަން ބުނީ، އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި އަދި އެކަން ކޯޓުގައި ވަރަށް ވަރުގަދައަށް ދިފާއު ކުރާނެ ކަމަށެވެ. އޭނާއަށް މި ތުހުމަތުތައް ކުރާ އަންހެން މީހާ ބުނި ގޮތުގައި، މަޝްހޫރު ލަވަކިއުންތެރިޔާ އޭނާއާއި ބެހިފައިވަނީ ގަދަ ކަމުން އޭނާގެ ހުއްދައާއި ނުލާ ކަމަށާއި އަދި އޭނާ އެކަން ކޮށްފައިވަނީ ގަސްތުގައި އެނގިހުރެއެވެ.
ފާހަގަ ކޮށްލެވޭގޮތުގައި 2016 ވަނަ އަހަރު ބޮބް ޑިލަން ވަނީ ލަވަ ލިއެ ތައްޔާރުކުރުމުގެ ރޮނގުން އެންމެ ފުރަތަމަ ނޯބެލް ޕްރައިޒްއެއް ހާސިލް ކުރި މީހާގެ ޝަރަފު ހޯދާފައެވެ.