Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އަންމަޓީ އެދުނީ މީހަކު ޖާމިނުކޮށް ބަންދުން ވީއްލަން

ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމުގައި ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުވާ ސީލައިފް ކުންފުނީގެ އެމްޑީ އަޙްމަދު މޫސާ ޝަރުތުތަކަކާއެކު ބަންދުން ވީއްލައިދިނުމަށް މިއަދު އެދިއްޖެއެވެ.

މިއަދު އެ މައްސަލާގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކީ އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމާއެކު، ދައުލަތުން ހެކި ހާމަކުރަން ބޭއްވި އަޑުއެހުމެކެވެ. އަންމަޓީއަށް 42 ދައުވާ އުފުލި ނަމަވެސް މިއަދު ކުރިއަށް ގެންގޮސްފައިވަނީ އެ ދައުވާތަކުގެ ތެރެއިން 4 ދައުވާއެއް އަޑުއިއްވުމާއި ޖަވާބުދާރީވުމުވެ. އެ ހަތަރު ދައުވާއަށްވެސް އަންމަޓީވަނީ އިންކާރުކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި އަންމަޓީ ބަންދުގައި ބަހައްޓަން ނިންމާފައިވާ ނިންމުން މުރާޖަޢާކުރުން އޮތެވެ. އަންމަޓީ އެދިފައިވަނީ ޝަރުޠުތަކަކާއެކު އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް ދައުލަތުން އެދިފައިވަނީ އޭނާ ފިލުމުގެ ފުރުސަތު އޮތުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށެވެ.

އަންމަޓީ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ހައިކޯޓުގައި ހިންގި ޝަރީޢަތުގައި އޭނާގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ ރައުޔަ ތަފާތުވުމާއެކު އެ މައްސަލަ ބެއްލެވި ތިންވަނަ ފަނޑިޔާރުގެ ރައުޔާގައިވާ ގޮތުގެ މަތިން ޝަރުތުތަކާއެކު އަންމަޓީ ބަންދުން ދޫކުރެވޭނެ ކަމަށެވެ.

އެގޮތުން ކަފާލާތުގެ އުސޫލުން މީހަކު ޖާމިނުކުރުމަށްފަހު އަންމަޓީ ދޫކޮށްލުމަށް އޭނާގެ ވަކީލު އެދިވަޑައިގެންނެވިއެވެ. އަދި އޭގެ އިތުރުން ދެ ދުވަހުން އެއް ދުވަހު ފުލުހަށް ނުވަތަ ކުރިމިނަލް ކޯޓަށް ހާޒިރުވާންޖެހޭ ގޮތަށް ޝަރުޠުކޮށް ދޫކޮށްލުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އެހެންނަމަވެސް ޝަރުޠުތަކާއެކު އަންމަޓީ ދޫކޮށްލުމަށް ދައުލަތުގެ ވަކީނުން ދެކޮޅުހައްދަވާފައިވެއެވެ. އަދި ވަލު ދޮރާށިން އޭނާ ފިލާފާނެ ކަމުގެ ފުރުސަތު އޮތް ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ