Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

އާމްދަނީ ދަށްވެ ދައުލަތުގެ މީޑިޔާއަށް ގެއްލުން، މާލީ އިލްތިޒާމުތައް އަދާކުރަން ދަތިވާނެ

ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާއަށް ޖެހިޖެހިގެން ތިން ކުއާޓާގައި ބޮޑު ގެއްލުމެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން އާންމުކޮށްފައިވ މި އަހަރުގެ ފުރަތަމަ ކުއާޓާގައާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ޙާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައިވަނީ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ތިން ކުއާޓާގައިވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޕީއެސްއެމްއަށް 5.04 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު ފާއިތުވި 2020 ވަނަ އަހަރުގެ ފަހު ކުއާޓާގައި ޕީއެސްއަމަށް 3.04 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާންޖެހިފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުންޏަށްވި ގެއްލުން އިތުރުވި ސަބަބަކީ ކުންފުންޏަށް ލިބުނު އާމްދަނީ މަދުވުމެވެ.

މި ދެ ކުއާޓާާގައިވެސް ސަރުކާރުންވަނީ ހިލޭ އެހީގެ ގޮތުގައި އެ ކުންފުންޏަށް ބޮޑު އަދަދެއް ދީފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި އެ ކުންފުންޏަށް އެހީގެ ގޮތުގައި 19.9 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި 19.4 މިލިއަން ރުފިޔާ ދީފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ޖުމްލަ ފައިދާވަނީ 16 އިންސައްތަ ދަށަށް ގޮސްފައެވެ.

އަދި ކުރު މުއްދަތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޤާބިލުކަމެއް އެ ކުންފުނީގައި ނެތްކަމަށާއި އެ ޤާބިލުކަން 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުރަށް ދަށްވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނީގެ އެސެޓުތައް މަދުވިއިރު ކުންފުނިން އަދާކުރަންޖެހޭ މާލީ ޒިންމާތައް އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކުންފުނީގެ އެސެޓުތައް 1.4 މިލިއަން ރުފިޔާއިން މަދުވިއިރު، 2020 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މާލީ އިލްތިޒާމުތަކަށް 4.7 މިލިއަން ރުފިޔާ އިތުރުވި ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވި ދެ ކުއާޓާގައިވެސް އެ ކުންފުނީގެ ކޭޝް ރޭޝިއޯ ނުވަތަ ކުންފުނިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާ އަޅާބަލާއިރު ކުންފުނީގައި ނަގުދު ފައިސާހުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެ، ނެގެޓިވް ދަރަޖައަށް ގޮސްފައެވެ.

އަދި އެ ރިޕޯޓުން ހާމަވި ގޮތުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޕީއެސްއެމްއިންވަނީ 9.2 މިލިއަން ރުފިޔާ ދަރަންޏަށް ނަގާފައެވެ.

ކުންފުންޏަށް ލިބެންޖެހޭ ފައިސާތައް ހޯދުމަށް އެކަށީގެންވާ އައު ގޮތްތަކާއި އުސޫލުތައް ތައާރަފުކޮށް ކުންފުންޏަށް ފައިސާ ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޕީސީބީން ލަފާ ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ