ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ހަސްފަތާލުގައި އެދުމަތިކުރެވި އެމަނިކުފާނަށް ފަރުވާދެވެމުން އެބަދެއެވެ.
ރައީސް މައުމޫނު އެޕާޓީއެއްގެ ވަގުތީ ރައީސްކަންކުރައްވާ އެމްއާރުއެމުގެ މީޑިޔާ އޮފިޝަލާ ހަވާލާދީ "ސަން" ނޫހުން ބުނެފައިވަނީ އެމަނިކުފާނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗުގައި ކަމުގައެވެ.
އަދި ރައީސް މައުމޫނު އެހަސްފަތާލުގައި އެދުމަތިކުރެވިފައިވަނީ ރޭ ފަތިހުގައެވެ. އެމަނިކުފާނު އެދުމަތިކުރެވުނީ ރޯގާ ގިނަދުވަސްވުމުގެ ސަބަބުން ހަދަންޖެހޭ ތަހުލީލުތަކެއް ހެދުމަށްކަމުގައިވެސް އެމްއާރުއެމް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ރައީސް މައުމޫނު އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަސް ފާއިތުވެފައިވާއިރު، އިއްޔެއަކީ އެމަނިކުފާނުގެ އުފަންދުވަހެވެ. އެމަނިކުފާނަށް މިހާރު ޢުމުރުފުޅުން 82 އަހަރުފުޅު ފުރިއްޖެއެވެ.