Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ޖާވާގައި އަލިފާން ފަރުބަދައެއް ގޮވައިފި

އިންޑޮނޭޝިއާގެ ޖާވާގައި އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

މައުންޓް މެރަޕީ ނަމަކަށް ކިޔާ މި އަލިފާން ފަރުބަދައަކީ އިންޑޮނޭޝިއާގައި އެންމެ ގިނައިން ގޮވާ އަލިފާން ފަރުބަދައެވެ. މިއަދު އެ ފަރުބަދަ ގޮވައި، 7 ފަހަރަށްވުރެ ގިނައިން އަޅި އާއި އަލިފާން އަދި ދުން ޖައްވުގެ ތެރެއަށް ދިޔައެވެ. އަދި އެ ފަރުބަދަ ގޮވި އަޑު އެތައް ކިލޯމީޓަރު ދުރަށް އިވުނު ކަމަށް އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު މަރު ނުވާކަމަށްވެއެވެ.

އެ ފަރުބަދައިން އެރި ދުމުގެ އަސަރު އެހިސާބުގެ އަވަށްތަކަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އިންޑޮނޭޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެ ފަރުބަދައާއި އެންމެ މަދުވެގެންވެސް 5 ކިލޯމީޓަރު ދުރުގައި ތިބުމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަންގާފައެވެ.

އިންޑޮނޭޝިއާގައި މުޅި އެކު 120 އަލިފާން ފަރުބަދަ ހުންނަ އިރު މައުންޓް މެރަޕީ އަކީ އެންމެ ގިނައިން ގޮވާ ފަރުބަދައެވެ. އެންމެ ފަހުން އެ ފަރުބަދަ އެންމެ ގަދަޔަށް ގޮވާފައިވަނީ 2010 ވަނަ އަހަރުގައެވެ. އޭރު 350 މީހުން ވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ