ގެއްލިގެން ހޯދަމުން އަންނަ ބެލަރޫސްގެ އެކްޓިވިސްޓް ވިޓަލީ ޝީޝޯވް ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.
އޭނާ ދަންޖެހިފައި ވަނިކޮށް ފެނުނީ އޭނާ ދިރުއުޅޭ ޔުކުރައިންގެ ކެޕިޓަލް ސިޓީ ކިޔަވްގެ ޕާކެއްގެ ތެރެއިންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވިޓަލީ ދަންޖެހިފައިވަނިކޮށް ފެނުނީ މިއަދުއެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެއެވެ.
ވިޓަލީ ގެއްލިގެން ރިޕޯޓް ކުރީ އޭނާގެ ބައިވެރިޔާއެވެ. އިއްޔެ ވިޓަލީގެ ބައިވެރިޔާ އޭނާ ގެއްލިގެން ރިޕޯޓް ކުރީ ވިޓަލީ ހެދުނު ދުވަން ދިއުމަށްފަހު ގެއަށް އައިސްފައިނުވާތީ އޭނާއަށް ގުޅުމުންވެސް ގުޅޭގޮތްވެފައިނުވާތީއެވެ.
ވިޓަލީގެ މަރާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހެއް ފާހަގަވެފައިވާއިރު ބެލަރޫސްގެ ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށެވެ.